އެންމެ ވަރުގަދަ ކެމެރާ ހިމެނޭ ވާވޭ ޕީ30 އަދި ޕީ30 ޕްރޯ ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

މެކްސްކޮމް ޓެކްނޮލޮޖީޒްގެ ފަރާތުން ރާއްޖެއަށް ވާވޭގެ ޕީ30 އަދި ޕީ30 ޕްރޯ ތައާރަފުކުރީ އެ ކުންފުނީގެ ޝޯރޫމްގައި ރޭ ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ.

ރޭ މި ފޯނު ރާއްޖޭގެ ބާޒާރަށް ނެރުމުގެ ކުރިން، މެކްސްކޮމްއިން ވަނީ ފޯނު ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑަރުކުރުމުގެ ފުރުސަތު ހުޅުވާލި އެވެ. އެ ފުރުސަތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފޯނު ގަތުމަށް ޕްރީއޯޑަރު ކޮށްފަ އެވެ.

މެކްސްކޮމް އިން ވާވޭ ޕީ30 އަދި ޕީ30 ޕްރޯ ފޯނު ވިއްކަނީ 11،900 ރުފިޔާ އަދި 14،900 ރުފިޔާ އަށެވެ.

ވާވޭ ޕީ30 ފޯނަކީ 50 ގުނައަށް ޒޫމްކުރެވޭ، އަދި ކަނު އަނދިރީގައި ވެސް ސުޕަ އެޗްޑީ ކޮލިޓީގައި ފޮޓޯ ނެގޭ ފޯނެކެވެ. އަށް ޖީބީގެ ރެމް އަކާ އެކު 128 ޖީބީގެ މެމޮރީ، 256 ޖީބީ އަދި 512 ޖީބީވެސް ހުރެ އެވެ.

ބެޓެރީގެ އުމުރު ދިގު، އަދި ހަލުވި މި ފޯނުގެ ފީޗާތަކަށް ބަލާއިރު ފޯނުގެ އަލްޓްރާ ވައިޑް އެންގަލް ކެމެރާއަކީ 20 މެގަޕިކްސެލްގެ ކެމެރާއެކެވެ. މެއިން ސެންސާ އަކީ 40 މެގަޕިކްސެލްގެ ސެންސާއެކެވެ. ޓެލެފޮޓޯއަކީ އަށް މެގަޕިކްސެލް އެވެ.

ޓީއޯއެފް ކެމެރާ އެއްވެސް މި ފޯނުގައި ވަނީ ހިމަނައިފަ އެވެ. ފޮޓޯގެ ޑީޓެއިލް ކެޕްޗާ ކުރެވޭނެ އެވެ.

ސެލްފީ ނަގަން މަރުދޭ މީހުންނަށް މިއީ ރަނގަޅު ފޯނެކެވެ 32 އެމްޕީގެ ސުޕަ އެޗްޑީއާރު އަދި ލޯ ލައިޓް ޝޮޓު ނެގޭނެ އެވެ.

މި ފޯނުގެ ޑިސްޕްލޭ އަކީ 6.47 އިންޗީގެ ޑިސްޕްލޭ އެކެވެ. މިފޯނުގެ ޑިސްޕްލޭ އިނީ "ކާވް" ކޮށްފަ އެވެ. މި ފޯނުގެ ބެޓެރީ އަކީ 4200 އެމްއޭއެޗްގެ ބެޓެރީ އެކެވެ. ތިރީސް މިނެޓު ތެރޭ ވާވޭގެ ސުޕަޗާޖު ވަޔާ ޗާޖިން ބޭނުންކޮށްގެން މި ފޯނު ޗާޖު ކުރެވޭނެ އެވެ. މިއީ ވަޔަލެސް ޗާޖިން އަދި ރިވާސް ޗާޖުވެސް ކުރެވޭނެ ފޯނެކެވެ.

ޕީ 30 ޕްރޯގެ ކުލަތަކަށް ބަލާއިރު ނޫ ގްރޭޑިއަންޓު ކުލައިގެ އިތުރުން ޕާލް ވައިޓް އަދި އެމްބާ ސަން ރައިޒް (ރަތް)، ކަޅު އަދި ވާވޭގެ ސިގްނޭޗާ އަރޯރާ ކުލައިން ވެސް މި ފޯނު ލިބޭނެ އެވެ.