ޝަރުއީ ދާއިރާ މިނިވަން ކުރަން ކަމަށް ބުނެ، ސަރުކާރުގެ އިސްވެރިންނާއި އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުނާއި އެމްޑީޕީގެ އެކްޓިވިސްޓުން ސުޕްރީމް ކޯޓު ކުރިމަތީގައި މިއަދު މެންދުރު ފަހު ފެށި މުޒާހަރާގެ މިސްރާބު ބަދަލުވެ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދިރިއުޅުއްވާ އެންދެރިމާގޭ ކައިރިއަށް އެއްވެ، އެ ގެއަށް ގެއްލުންދީ ހަމަނުޖެހުންތައް ހިންގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާގެ މައްޗަށް، ކުރީގެ މަދަނީ ކޯޓުގައި ފައިސާގެ މައްސަލައެއް ސާބިތުވެފައިވާ ކަމަށް ބުނެ، މަޖިލިސް މެންބަރުގެ މަގާމު މުސްތޮފާއަށް އަދާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އުމަރު ނަސީރު ސުޕްރީމް ކޯޓަށް ވައްދާފައިވާ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުން ނިމުމާއެކު އެމްޑީޕީން ސުޕްރީމް ކޯޓްގައި ކަރީގައި ފެށި މުޒާހަރާގެ މިސްރާބު ބަދަލުކޮށްލީ އެންދިރިމާގެއާ ދިމާލަށެވެ.

http://sun.mv/albums/l_2073.jpg

ކުރިން ހީކުރި ގޮތާ ހިލާފަށް މިއަދު ސުޕްރީމް ކޯޓުގައި މުސްތޮފާގެ މައްސަލައިގެ ހުކުމް އިއްވާފައެއް ނުވެއެވެ. އޮތީ ފަނޑިޔާރުން ބޭނުންފުޅުވާ ބައެއް މައުލޫމާތުތައް ހޯއްދެވުމަށް މުސްތޮފާއާ ސުވާލު ކުރެއްވުމެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މިއަދު ކުއްލި ގަރާރެއް ހުށަހަޅައި މުޒާހަރާ ކުރަން ފާސްކޮށްގެން ގިނަ އަދަދެއްގެ މީހުނާއެކު އެމްޑީޕީން ފެށި މުޒާހަރާގެ ބައިވެރިން އަޑުގަދަ ކުރާތަކާއެކު އެންދެރިމާގޭގެ ކައިރިއަށް ޖަމާވީ ކުއްލި އަކަށެވެ. އެ ގޭ ދޮށަށް މީހުން ޖަމާވުމާއެކު ފެނިގެން ދިޔައީ އެގޭގައި ތިބޭ ސެކިއުރިޓީންނާ މުޒާހަރާގެ ބައިވެރިންނާ ދެމެދު ހަމަނުޖެހުން ހިނގައި މާރާމާރީ އަކަށް ބަދަލުވިތަނެވެ.

އެއާއެކު ގަލާއި ވެއްޔާއި ލަޓިބުރިތައް އެކި ދިމަދިމާއިން އުކައި އެއްބަޔަކު އަނެއް ބަޔަކަށް ގަޔަށް އަތްލައި ބައެއް މީހުންނަށް އަނިޔާވަމުން ދިޔައެވެ. އަދި މުޒާހަރާގެ ބައެއް ބައިވެރިން އެންދެރިމާ ގޭގެ ތެރެއަށް ގާއުކައި ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ އެވަގުތު ތަޅާލައިފަ އެވެ. ހަމަ އެހެންމެ އެންދެރިމާގޭ މަތިން ހިލަ ވެސް ވަނީ ތިރީއަށް އުކައިފައެވެ. އެގޭ ސަބަބުން ބައެއް އާންމުންނަށާއި މިޑިޔާގެ ބައެއް ފަރާތްތަކަށް ވެސް ގެއްލުންތައް ލިބުނެވެ.

މުޒާހަރާގައި އެމްޑީޕީގެ ދިދަ ހިފައިގެން ތިބި ގިނަ އަދަދެއްގެ މީހުން ވަނީ އެންދެރިމާގެއާ އިންވެގެން ހުރި އެންދެރިގަސް ކިޔާ ގެއަށް ވެސް ގެއްލުންދީފަ އެވެ. އެ ގޮތުން އެގޭގެ ކުޑަދޮރުތަކުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފަ އެވެ. އޭގެ އިތުރުން އެންދެރިގަހުގެ ގަރާޖެއްގެ ތެރޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންދުން ދިން އިރު އެ ސަރަހައްދުގެ ބައެއް ގޭގެއިންނާއި އެކި ދިމަދިމާއިން ވެސް ވަނީ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާދީ ގެއްލުންދޭން މަސައްކަތްކޮށްފައެވެ. އަދި އެންދެރިމާގޭ އިލްޔާސް އިބުރާހިމް (ނ ޢ ޢ ވ) ގެ އަމިއްލަ ގެކޮޅު، އަލިވާގޭގެ ގަރާޖަށް ވަނީ ގެއްލުން ދީފައެވެ.

http://sun.mv/albums/l_2075.jpg

ބޮޑު މާރާމާރީގައި ދެފަރާތުން ބަދަލު ކުރި ހަމަލާތައް ގާތްގަނޑަކަށް 20 މިނިޓަށް ދެމިގެން ދިޔައިރު ވެސް އެ ސަރަހައްދުގައި ވެސް ފުލުހަކު ނެތެވެ. ނަމަވެސް އެމްޑީޕީގެ މުޒާހަރާއާއެކު ޝަރުއީ ނިޒާމުގައި ހިމެނޭ ސުޕްރީމް ކޯޓައި ދަށުކޯޓުތައް ހިމެނޭ ޖަސްޓިސް ބިލްޑިން ކައިރީގައި އެތުރުނު ފުލުހުންގެ ސަފުތައް އޭރުވެސް އެ ސަރަހައްދުގައި ފޯރިމަރަމުން ދިޔައެވެ. އެންދެރިމާގޭ ކައިރީގައި މާރާމާރީ ހިންގި އިރު ޖަސްޓިސް ބިލްޑިންގާއި ސުޕްރީމް ކޯޓު ސަރަހައްދުގައި ވެސް ކޮންމެވެސް ވަރަކަށް މުޒާހަރާގެ ބައިވެރިން އަޑުގަދަކުރާގެ އެހީގައި ޖުޑިޝަރީ މިނިވަން ކުރުމަށް ގޮވަމުން ދިޔައެވެ. އެކަމަކު އެއީ ވަރަށް މަދު ބައެކެވެ.

ފުލުހުން އެންދެރިމާގޭ ސަރަހައްދަށް ގޮސް މާރާމާރީ އާއި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރި އިރު، އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ވެސް ނުވެ އެވެ. މީހަކު ހައްޔަރު ނުކުރާކަން ފުލުހުން ވެސް ސަން އަށް ކަށަވަރުކޮށްދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ހަރަކާތްތެރިވާންޖެހޭ ތަންތާގައި ހަރަކާތް ތެރިވަމުންދިޔަ ކަމަށާއި ފުލުހުންގެ ޒިންމާ މިއަދު ރަނގަޅަށް އަދާކޮށްފައިވާ ކަމަށެވެ.

މިއަދު މެންދުރު 3:15 އެހާކަންހާއިރު ސްޕްރީމް ކޯޓްގައިރީގައި ފެށި މުޒާހަރާގައި އިސްކޮށް އުޅުއްވީ އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކާއި މައްޗަށްގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ އެވެ. އަދި ސަރުކާރުގެ ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުންނާއި މާލޭ ސިޓީ ކައުންސިލްގެ މެންބަރުން ވެސް މުޒާހަރާގައި ބައިވެރިވި އެވެ. އަދުލު އިންސާފު ގާއިމް ކުރުމަށް އަޑު އުފުލި ސްޕްރީމް ކޯޓްކައިރީގަ އާއި އަލިވާގެ ކައިރީގައި ފެށި މުޒާހަރާ ނިންމާލީ 5:00 ޖަހަން އުޅެނިކޮށެވެ.


---

އެމްޑީޕީގެ މުޒާހަޜާ މިހާރު ވަނީ ނިމިފަ އެވެ. ނަމަވެސް އެންދެރިމާގޭ ކައިރިން އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި މިވަގުތު ފަރުވާ ދެމުން އެބަދެ އެވެ. މަންޒަރު ދުށް މީހަކު ބުނީ އެމީހާގެ ބޯ ފަޅައިގެން ދިޔައީ ހަމަނުޖެހުމުގެ ތެރޭގައި މީހަކު ލަކުޑި ބުރިއަކުން ޖެހުމުން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހާއާއެކު އެމްޑީޕީގެ ބައެއް އިސް މީހުން ވެސް ހޮސްޕިޓަލަށް ދިޔައެވެ.

16:42 އެންދެރިމާގޭ ކައިރީއަށް ޖަމާވި މީހުން ވެސް މިހާރު އެސަރަހައްދު ދޫކޮށް ހިނގައްޖެ އެވެ. އެމީހުން ދިޔައީ ފުލުހުން އެސަރަހައްދަށް ދިއުމުންނެވެ. މިހާރު އެސަރަހައްދުގައި ތިބީ ފުލުހުންނެވެ. ދާދި ދެންމެއަކު މައުމޫންގެ ސަޕޯޓަރުންތަކެއް ފުލުހަކު ހިފަހައްޓައިގެން ވެސް އުޅެފައި ވެއެވެ.

16:42 މިހާރު ވެސް އެ ސަރަހައްދުގައި ގިނަ ބަޔަކު މުޒާހަރާ ކުރަމުން އެބަދޭ. މިވަގުތު ހަމަލާތަކެއް ނެތް. ބައެއް ނޫސްވެރިންނަށް އިންޒާރު ދެމުންވެސް އެބަދޭ.

16:34 އެންދެރިމާގޭ ސަރަހައްދުގައި އަދިވެސް ހަމަނުޖެހުންތައް ހިންގަމުން އެބަދެއެވެ. ގަލާއި ބައިސްކަލްތައް ވެސް އުކަމުން އެބަދެ އެވެ. ގިނަ ބަޔަކު އެގޭ ސަރަހައްދުގައި އަޑުގަދަ ކުރަމުންދާއިރު މިހާރު ކޮންމެވެސް ވަރަކަށް ފުލުހުން ވެސް އަންނަން ފަށައިފި

http://sun.mv/albums/l_2063.jpg

16:26 އެންދެެރިމާގޭގެ ތެރެއަށް ގާއުކަމުން އެބަދޭ. އެ ސަރަހަދުގެ އެހެން ގޭގެތެރެއިން ވެސް ގާއުކަމުން އެބަދޭ އެންދެރިމާގޭގެ ތެރެއިން ގާ އުކަމުން އެބަދޭ އެންދެރިމާގޭ ކައިރީގައި ފުލުހުންނެއް ނެތެވެ. ބައެއް މީހުންނަށް ހިސާބަކަށް އަނިޔާވެފައިވާއިރު ބިއްލޫރިތައް ވެސް ތަޅަމުން އެބަދެ އެވެ.

16:19 އެންދެރިމާގޭ ދޮށަށް އެއްވެސް ދޮރުތަކަށް ގެއްލުން ދެމުން އެބަދާ ކަމަށް ބުނޭ. ބައެއް މީހުންނަށް އަނިޔާވެއްޖެ ކަމަށް ވެސް ބުނޭ. އެގޭ ދޮށަށް ވަނީ ވަރަށް ގިނަ ބަޔަކު ޖަމާވެފައި

16:19 މުސްތޮފާގެ މައްސަލައިގައި ޝަރީއަތުން މިއަދު ގޮތެއް ނިންމާފައި ނުވާތީ، މުޒާހަރާގެ ބައިވެރިން، ކުރީގެ ރައީސް މައުމޫނު ދިރިއުޅުއްވާ އެންދެރިމާގެއާ ދިމާއަށް ދިއުމަށް އަޑުގަދަ ކުރާއިން ދަނީ ގޮވަމުންނެވެ. ބައެއް މީހުން އެދިމާއަށް ވަނީ ދާން ފަށާފައި.

16:14 ޝަރީއަތުގައި އޮތީ ފަނޑިޔާރު އަބްދުﷲ ސައީދު މުސްތޮފާއާ ސުވާލުކޮށް ބައެއް މައުލޫމާތު ޝަރީއަތަށް އޮޅުން ފިލުވުމެވެ. މިވަގުތު ސުޕްރީމް ކޯޓުގެ ބޭރުގައި ގިނަ ބަޔަކު ހަޅޭލައްވަމުން ދަނީ މުސްތޮފާގެ މައްޗަށް ދައުވާ ކުރެއްވި އުމަރު ނަސީރާ ދިމާއަށެވެ.

16:14 ޝަރީތުގެ މަޖިލިސް ނިންމުމަށް ފަހު ސުޕްރީމް ކޯޓުން ނުކުންނަށް ދިޔަ މީހުންނަށް ނުނުކުމެވިފައި އެބަތިއްބެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަހައްދަށް ޖަމާވެ އަޑު ގަދަ ކުރަން ފަށާފަ އެވެ.

16:11 ސުޕްރީމް ކޯޓުގައި ހުކުމް އިއްވާ މަރުހަލާގައި އޮތް މައްސަލައިގައި މިއަދު ހުކުމެއް ނީއްވަ އެވެ. މިއަދު ސުޕްރީމް ކޯޓުގައި އޮތީ ފަނޑިޔާރުން އެ މައްސަލައާ ބެހޭ ގޮތުން ޝަރީއަތަށް ސާފުކޮށްލަން ބޭނުންވާ ބައެއް މައުލޫމާތު ސާފު ކުރުމަށް ބޭއްވި މަޖިލީހެކެވެ. އެ މަޖިލިސް މިހާރު ވަނީ ނިމިފަ އެވެ. މިހާރު ވެސް މުޒާހަރާ ހިނގަމުން އެބަދެ އެވެ.

16:08 އެމްޑީޕީގެ ދިދަތަކާއި އަޑުގަދަ ކުރާތަކާއެކު އެންމެ ގިނަ ބަޔަކު ޖަމާވެ އަޑުގަދަ ކުރަމުންދަނީ އެސްޓީއޯ ޓްރޭޑް ސެންޓަރާއި ޖަސްޓިސް ބިލްޑިން ކައިރީގަ އެވެ. ފުލުހުން މުޒާހަރާ ރޫޅައިލަން މަސައްކަތް ކުރާތަނެއް ނުފެނެ އެވެ.

16:04 ސުޕްރީމް ކޯޓުގެ ކުރިމަތީގައި ރީކޯ މޫސާ މަނިކާއި އީވާ އާއި ބައެއް ސްޓޭތް މިނިސްޓަރުން ވެސް މުޒާހަރާ ކުރަން އެބަތިއްބެވެ. ސުޕްރީމް ކޯޓުގެ ވަށައިގެންވާ ސަރަހައްދު ބަންދުކޮށްލާފައިވާއިރު މުޅި އެ ސަރަހައްދުގައި ވެސް ގިނަ ބަޔަކު ވަނީ ޖަމާވެފައެވެ.

މަޖިލީުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހަންމަދު މުސްތޮފާގެ ގޮނޑީގެ މައްސަލާގައި މިއަދު ސުޕްރީމް ޝަރީއަތް ހިންގާ ވަގުތާ ދިމާކޮށް، އެމްޑީޕީން ކުރަން ނިންމި މުޒާހަރާ ފަށައިފި އެވެ. މުޒާހަރާ ފެށީ އެމްޑީޕީގެ ވަރަށް ގިނަ އިސްވެރިންނާ އެކު އެވެ.

ލިޔުމާ ގުޅޭ ވީޑިއޯ

http://www.youtube.com/watch?v=xl61NFY3JtM