20 Oct 2011, 15:58
މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގެ ފަހު ޖާގަ ނިއުރޭޑިއަންޓު ހޯދުމުން، އެޓީމަށް ވީބީގެ މެނޭޖަރު އިބްރާހިމް ރަޝީދު (ސަތޯ) މަރުހަބާ ކިޔައިފިއެވެ.
ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ތިން ވަނަ ސެމީ ފައިނަލް މެޗުގައި ވީބީއާ ވާދަކޮށް ނިއު ފައިނަލުން ޖާގަ ހޯދީ ތިން ލަނޑު ދެ ލަޑުން ވީބީ ބަލިކުރުމަށް ފަހުއެވެ.
ސެމީގެ ފުރަތަމަ މެޗުން ވީބީ އަތުން މޮޅުވި ވިކްޓަރީއާ ދެކޮޅަށް ފައިނަލް ނިއު ނުކުނައިރު، ވީބީގެ މެނޭޖަރު ސަތޯ މިއަދު ބުނީ، ނިއު ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާކަމަށާއި ފައިނަލުގައި ވެސް ނިއުއަށް ކާމިޔާބީއަކަށް އެދޭ ކަމަށެވެ. އަދި އިދިކޮޅަށް ނުކުނަ ވިކްޓަރީއަށް ވެސް ކާމިޔާބީއަކަށް އެދޭ ކަމަށް ސަތޯ ބުންޏެވެ.
"ނިއުއަށް މަރުހަބާ ކިޔަން. އެހޯދި ކާމިޔާބީ އަކީ ފުރިހަމަ ކާމިޔާބީއެއް. ފައިނަލުގައި ވިކްޓަރީއަށް ވެސް އަދި ނިއުއަށް ވެސް ކާމިޔާބީއަކަށް އެދެން" ސަތޯ ބުންޏެވެ.
ނިއު އަތުން ރޭ ވީބީ ބަލިވި، މެޗަށްފަހު މެޗަށް ފަހު ވަންލީ އާއި ވީބީގެ މެނޭޖަރު ސަތޯ ގެ މެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނު މަންޒަރު ފެނިގެންދިޔައެވެ. އެހެންނަމަވެސް ސަތޯ ވަނީ އެކަން ދޮގު ކޮށްފައެވެ. އަދި ރޭގެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗް ވަންލީވެސް ވަނީ އެކަން ދޮގު ކޮށްފައެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި ވަންލީއާއި ސަތޯގެ ފަރާތުން މެޗަށްފަހު ބަހުގެ ހަމަލާތެއް ދިޔައީ، ފުރަތަމަ އެގާރާގައި ވީބީގެ މުހިންމު ކުޅުންތެރިންތަކެއް ނުހިމެނުމުންނެވެ.