އައްޑޫ ސިޓީ ހަންކެޑެ ނަމަކަށް ކިޔާ ފަޅުރަށުން އިންސާނެއްގެ ކަށިތަކެއް ފެނިއްޖެއެވެ.

ފުލުހުން ބުނީ އެރަށުން އިންސާނެއްގެ ކަށިތަކެއް ފެނުނު ކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު 15:45 އެހައިކަންހާއިރު ކަމަށެވެ.

އެކަށިތަކަކީ ދުވަސްވެފައިވާ ކަށިތަކެއް ކަމަށް ބެލެވޭ ކަމަށާއި އެ ސަރަހައްދަކީ ކުރީޒަމާނުގައި މީހުން ވަޅުލާފައިވާ ސަރަހައްދެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.