04 May 2019, 21:13
ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް ކަމުގައި މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒް އިން ކަނޑައަޅައިފިއެވެ.
ހަނދު ސާބިތުކުރުމަށް މިރޭ ބޭއްވި ބައްދަލުވުމަށްފަހު އިއްވި ބަޔާނުގައި ވަނީ ރާއްޖޭގެ އެއްވެސް ސަރަހައްދަކަށް ވެސް އަދި އިސްލާމީ އެއްވެސް ގައުމަކަށް ވެސް މިރޭ ހަނދު ފެނުނު ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން ހަނދު ސާބިތުކުރުމުގައި ރާއްޖެއިން އަމަލުކުރާ އުސޫލުގެ ދަށުން މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމުގައި ކަނޑައެޅީ ކަމަށް މިރޭ އިއްވި ބަޔާނުގައިވެއެވެ.