ސަނީ އެންޓަޕްރައިޒަސް އިން ރޯދަ މަހަށް ޚާއްސަ "ބަންޑުލް ސޭލް" އެއް ފަށައިފިއެވެ.

ސަނީ އެންޓަޕްރައިޒަސްގެ ހެޑް އޮފް މާކެޓިން އާމިނަތު ވަފާ ސައީދު ވިދާޅުވީ އެ ސޭލް ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ޕްރޮމޯޝަންގެ ދަށުން ވިއްކާ ބަންޑުލްއެއްގެ އަގަކީ 270 ރުފިޔާ ކަމަށެވެ.

"ގިނަ އައިޓަމް ތަކެއް ހިމޭނޭ ބަންޑުލް އެއް ވިއްކުމަށް މިވަނީ ނިންމާފަ. މި ހުރިހާ އައިޓަމް ތަކަކީ ސަނީ އެންޓަޕްރައިސް އިން ރާއްޖެ އެތެރެކޮށް ހޯލްސޭލް ކޮށް އަދި ރީޓެއިލް ކޮށް ވިއްކަމުން ދާ ތަކެތި،" ވަފާ ވިދާޅުވިއެވެ.

ބަންޑުލް ގައި ހިމެނޭ އަައިޓަމް ތަކާކީ:

01 – 5 ކިލޯ ސަނީ ބާސްމަތީ ހަނޑޫ ޕެކެޓެއް

01 – 2 ލީޓަރު މިތްރާ ޕާމް އޮައިލް ފުޅިއެއް

05 – 250 ގްރާމް މިތްރާ މާޖިރީން

01 – 460 މިލި ލީޓާރު މަރްޖާން ރޯސް ސިރަޕް ފުޅިއެއް

01 – 350 ގްރާމް ޗޮކޮލާޓޭ ފުޅިއެއް

02- ކޮބޭ ކެންޓަކީ ސުޕަ ކްރިސްޕީ ޕެކެޓް

02 – ކޮބޭ ނާސި ގޯރެން ސީޒަނިންގް ޕެކެޓް

އެ ބަންޑެލް ބައްލަވައިގަތުމުން ހަދިޔާއެއްގެ ގޮތުގައި ފަސް ޖޯންސް ޓީ ސައިފަތް ޕެކެޓާއި ފަސް ޕެކެޓް ބޮންޗިލީވެސް ހިލޭ ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ބަންޑުލް ގައި ހިމެނޭ ހުރިހާ އައިޓަމް ތަކަކީވެސް ރޯދަ މަހު ބަދިގޭގެ ކައްކަން ނުވަތަ ކެޔުމަށް ބޭނުން ކުރެވޭ ރަހަމީރު އަދި ސިއްހަތަށް ރަނގަޅު އައިޓަމް ތަކެއް. މި ހާއްސަ ބަންޑުލް ބައްލަވައިގަންނަން ބޭނުންފުޅުވާ ބޭފުޅުން ސަނީ އެންޓަޕްރައިޒްގެ ހެޑް އޮފީސް، މާފަންނު އަނަންގާ ބިލްޑިންގެ ހަތަރު ވަނަ ފަންގި ފިލާއަށް ވަޑައިގަތުމުން ނުވަތަ ސަނީ އެންޓަޕްރައިޒްގެ ހޮޓްލައިން ނަންބަރު 9970008 އަށް ގުޅުއްވުމުން މި ބަންޑުލް ބައްލަވައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ،" އެ ކުންފުނިން ބުންޏެވެ.