އެމްއެންޑީއެފުން ހަތިޔާރާ އެކު މާލެ އާއި ހުޅުމާލޭގައި ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ ތަމްރީންތައް އޮންނާނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު އަށަކުން އެދުވަހުގެ ހަވީރު ފަހެއް ޖަހަންދެން މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކަމަށެވެ.

"މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާއި އެކު ޙަރަކާތްތެރިވެ، ސިމިއުލޭޝަންގެ ގޮތުގައި ސިފައިން ބޭނުންކުރާ ހަތިޔާރާއި ގޮވާތަކެތި ބޭނުންކުރުމަށްވަނީ ހަމަޖެހިފަ އެވެ،" އެމްއެންޑީއެފްގެ އެ އިއުލާނުގައި ބުނެފައިވެ އެވެ.

އެމްއެންޑީއެފުން މީގެ ކުރިން ވެސް މާލޭގައި ހަތިޔާރާ އެކު ތަމްރީންތައް ކުރިއަށް ގެންދެވެ. ނަމަވެސް އާންމުގޮތެއްގައި އެމްއެންޑީއެފްގެ ތަމްރީންތައް ކުރިއަށް ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކޮށްފައިވާ ތަމްރީނީ މަރުކަޒުތަކުގަ އެވެ.