އިދިކޮޅު މައި ސިޔާސީ ޕާޓީ، ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަކަށް އެ ޕާޓީގެ ކައުންސިލް މެމްބަރު، އާމިނަތު ލަޔާލް މަނިކު ހަމަޖައްސައިފި އެވެ.

ލަޔާލް އަކީ ކުރިން ސަންގު ޓީވީ އަދި ޗެނަލް 13 ގައި މަސައްކަތް ކުރި ނޫސްވެރިއެކެވެ.

ލަޔާލް ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަކަށް ހަމަޖެއްސި ކަން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އޭގެ އިތުރުން އެޕާޓީގެ ޑެޕިއުޓީ ރަޖިސްޓްރާގެ މަގާމަށް ނިމިދިޔަ މަޖިލިސް އިންތިހާބުގައި މުލަކު ދާއިރާ އަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރެއްވި މަރިޔަމް ޖުހައިނާ ސާދިގު ވަނީ ހަމަޖައްސާފައެވެ.