02 May 2019, 17:52
މާފުށި ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ދެ ގައިދީއަކު މާރާމާރީ ހިންގައިފި އެވެ.
އެ މާރާމާރީ ހިންގި ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު 2:37 ގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ މާރާމާރީގައި 31 އަހަރުގެ ބިދޭސީއެއްގެ މޭގައި އެހެން ބިދޭސީއަކު ފައިން ޖަހުމުގެ ސަބަބުން އަނގައިން ލޭ އައިސްގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ހޯދާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.