19:00


މާދަމާ ފަށާ ވޯލްޑް ކަޕަށް ހާއްސަ ވެބްސައިޓެއް ހަވީރާއި ވަތަނިއްޔާ ގުޅިގެން ލޯންޗުކޮށްފި އެވެ.


ވަތަނިއްޔާގެ ހެޑް އޮފް މާކެޓިން ކޮމިއުނިކޭޝަން އައިޝަތު ޒަމްރާ ޒާހިރު މިއަދު ވިދާޅުވީ ވޯލްޑް ކަޕާ ބެހޭ ގޮތުން އޭއެފްޕީން ތައްޔާރުކުރާ ޚަބަރުތަކާއި ފޮޓޯ އާއި ގްރެފިކްސްގެ އިތުރުން ވަރަށް ޚާއްސަ ވީޑިއޯ ރިޕޯޓްތައް ވެސް ވަގުތުން ވަގުތަށް ޑަބްލިޔު.ސީ.ޑޮޓް.ހަވީރު.ޑޮޓް.ކޮމް.ޑޮޓް.އެމްވީ އިން ލިބޭނެ ކަމަށެވެ. އަދި ވަތަނިއްޔާގެ ސިމް ބޭނުންކުރާ ފަރާތްތަކަށް މޮބައިލް ފޯނު މެދުވެރިކޮށް ޑަބްލިޔު.ސީ.މޮބައިލް.ޑޮޓް.ހަވީރު.ޑޮޓް.ކޮމް.ޑޮޓް.އެމްވީ ވެސް މުބާރާތުގެ ޚަބަރުތައް ލިބެން ހުންނާނެ ކަމަށް ވެސް ޒަމްރާ ވިދާޅުވި އެވެ.


ޒަމްރާ އިތުރަށް ވިދާޅުވީ ވެބްސައިޓްގައި މުޅި ވޯލްޑް ކަޕްގެ ތާރީޚާއި ކުޅުންތެރިންގެ ބައިގްރޮފީގެ އިތުރުން ވަރަށް ގިނަ މައުލޫމާތުތައް ލިބެން ހުންނާނެ ކަމަށެވެ.