02 May 2019, 13:18
ޑިންގީއެއް ދުއްވަން ހުރި ބިދޭސީއަކު މޫދަށް ވެއްޓި، ޑިންގީގެ އިންޖީނުގެ ބުރަފަތީގައި އޭނާ ޖެހި ޒަހަމްވުމުގެ ސަބަބުން މަރުވެއްޖެ އެވެ.
މަރުވެފައި ވަނީ އއ. ހަލަވެލި ރިސޯޓްގެ ޑައިވިން ދޯނީގައި މަސައްކަތް ކުރާ، 41 އަހަރުގެ ބަންގްލަދޭޝް މީހެކެވެ.
ފުލުހުން ބުނި ގޮތުގައި އެ ބިދޭސީ މީހާ މޫދަށް ވެއްޓުނީ ހަލަވެލި ރިސޯޓް ފަޅު ތެރޭގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގެ ކެޕްޓަން ބަލައި ބިދޭސީ މީހާ އެކަނި ޑިންގީގައި ދަނިކޮށް އޭނާ ޑިންގީގެ ފަހަތަށް މޫދަށް ވެއްޓިގެން ކަމަށެވެ.
އެ މީހާ ވެއްޓޭތަން ފެނިގެން އެ ރިސޯޓްގެ ބައެއް މުވައްޒަފުން މޫދަށް އެރިގެން ބެލިއިރު އޭނާ ލައިގެން ހުރި ގަމީސް އިންޖީނުގެ ބުފަރަތީގައި އޮޅިފައި އޮތް ކަމަށް ވެސް ފުލުހުން ބުންޏެވެ.