02 May 2019, 13:10
ރޯދަ މަހު ކުނި އުކައިލުމުގެ ހިދުމަތް ދެނެ ގަޑިތައް އާންމުކޮށްފި އެވެ.
ވެމްކޯ އިން މިއަދު އާންމުކޮށްފައިވާ ގޮތުން ރޯދަ މަހުގެ ހުކުރު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ މެންދުރު ދޭކުން ހަވީރު ފަހަކަށް އަދި ރޭނގަޑު ހަތަކުން މަސައްކަތް ނިމެންދެން ހައުސް ހޯލްޑް ކަލެކްޝަންސް ނުވަތަ ގޭގެއިން ކުނި ނެގުމުގެ ހިދުމަތް ދޭނެ އެވެ. ހުކުރު ދުވަސްތަކުގައި މި ހިދުމަތްދޭނީ ހެނދުނު 10:00 އިން 11:30 އަށް އަދި މެންދުރު 13:30 އިން ހަވީރު 16:00 އަށް އަދި ރޭގަނޑު 19:00 އިން 00:30 އަށެވެ.
ކޮމާޝަލް ސާވިސްގެ ހިދުމަތް ދޭނީ ހޮނިހިރުން ބުރާސްފައްޗަށް، ކޮންމެ ދުވަހެއްގެ ވެސް 10:00 އިން 16:00 އަށް އަދި 22:00 އިން 04:00 އަށް ކަމަށް ވެމްކޯ އިން ބުންޏެވެ. ހުކުރު ދުވަހު ކޮމާޝަލް ހިދުމަތްދޭނީ 13:30 އިން 17:00 އަށް އަދި ރޭގަނޑު 22:00 އިން 04:00 އަށެވެ.
ވެމްކޯގެ ކޯޕަރޭޓް އަދި ރީޖަނަލް އޮފީސްތަކުގެ ހިދުމަތްދޭނީ އާދިއްތަ އިން ބުރާސްފައްޗަށް ހެނދުނު 9:00 އިން 13:00 އަށެވެ.
ރޯދަމަހަކީ އާންމުކޮށް ގޭގޭގައި އަދި ފިހާރަތަކުގައި ވެސް ކުނި އުފެދޭ މިންވަރު އިތުރުވާ މަހެކެވެ.