02 May 2019, 13:05
މެދުރާއްޖެ ތެރެއަށާއި ދެކުނަށް ވިއްސާރަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މެދުރާއްޖެ ތެރެއަށާއި ދެކުނަށް ވިއްސާރަ ކުރާނެ ކަމަށާއި، ހަފްތާ ބަންދުގައިވެސް އެ ސަރަހައްދުތަކުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ރާއްޖޭގެ ހުރިހާ ކަނކޮޅުތަކަށް ވާރޭ ވެހޭނެ ކަމަށްވެސް މެޓުން ލަފާކުރެ އެވެ.
މެޓުން ބުނީ މެދުރާއްޖެތެރެ އާއި ދެކުނުގެ ކަނޑު ގަދަވާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތު އެ ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ. އުދަ އަރާނީ ދިޔަވަރު އެންމެ ބޮޑުވާ ވަގުތުގައި ކަމަށް މެޓުން ބުންޏެވެ.
ދެކުނަށް ދިޔަވަރު އެންމެ ބޮޑުވާނެ ކަމަށް ލަފާކުރަނީ މިއަދު މެންދުރު 1:17 ގައި އަދި މިރޭ 12:45 ގައިއުތުރަށް އެންމެ ދިޔަވަރު ބޮޑުވާނެ ކަމަށް ލަފާކުރަނީ މިއަދު މެންދުރު 12:46 ގައި އަދި މިރޭ 12:45 ގަ އެވެ.