02 May 2019, 10:40
ނަމްބަރު ވަން ބެނާގެ ދަށުން 1995 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު 'ކޫލީ ނަމްބަރު1'ގެ ރީމޭކްގެ ތަރިން ހަމަޖައްސައި، ފިލްމު ރިލީޒްކުރާނެ ތާރީޚު ހާމަކޮށްފި އެވެ.
ޑޭވިޑް ދަވަން ޑައިރެކްޓު ކުރާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެން ދާނީ ވަރުން ދަވަން އަދި ސާރާ އަލީ ޚާން އެވެ. އެ ފިލްމު ވެގެންދާނީ ވަރުން އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފަހަރަށެވެ.
ފިލްމު ރިލީޒްކުރާ ތާރީޚު ހާމަކޮށްފައި ވަނީ ސާރާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގަ އެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ މެއި ފުރަތަމަ ދުވަހު އެވެ.
'ކޫލީ ނަމްބަރު 1'ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.