ޔޫރޯ ސްޓޯރުން ޑެނޯ ބްރޭންޑުގެ ހިކިކިރު ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފި އެވެ.

ޑެންމާކުގެ އެއް ނަންބަރު ހިކި ކިރު، ޑެނޯ ކިރު ތައާރަފް ކުރީ، ޔޫރޯ ސްޓޯރުގެ ހޯލްސޭލް ކަސްޓަމަރުންނާއެކު ރޭ ބޭއްވި މާހެފުމެއްގަ އެވެ. ޑެނޯ އަކީ ޔޫރޯ އިން މިހާރުވެސް ރާއްޖެ އެތެރެކޮށް ވިއްކާ އާލާ ބްރޭންޑުގެ ސަބް ބްރޭންޑެކެވެ. ޑެނޯ އަކީ ދުނިޔޭގެ ޑެއިރީ މާކެޓުގއި ހަތަރުވަނަ އެވެ.

ޔޫރޯ މާކެޓިން އިން ބުނީ ޑެނޯ ބްރޭންޑުގެ ހިކި ކިރުޕެކެޓް މިހާރު ޔޫރޯ ސްޓޯރުން ލިބޭނެ ކަމަށެވެ. އަދި ކުރިއަށް ދަޅު ވެސް މާކެޓަށް ނެރޭނެ ކަމަށް ބުންޏެވެ.

ޑެނޯ ހިކި ކިރަކީ ކޮލެޓީ ރަނގަޅު އަގުހެޔި އަދި ހަށިގަނޑަށް ބޭނުންވާ ގިނަ މާއްދާތަކެއް އެކުލެވޭ ކިރެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"އާލާ ބްރޭންޑުގެ ދިޔާ ކިރު، ސްލައިސް ޗީޒް އަދި އެ ބްރޭންޑުގެ ދަށުން ވިއްކާ ބަޓަރުވެސް މިކޮޅުން ވިއްކަން. ޕްރޮޑަކްޓް ރޭންޖުގައި މަދު އެއްޗަކީ ހިކި ކިރު. ކަސްޓަމަރުންގެ ފަރާތުން ރިކުއެސްޓުވެސް އާދޭ ޕްރޮޑަކްޓް ޕޯޓްފޯލިއޯ އަށް ހިކި ކިރު އިތުރު ކުރުމަށް،" ޔޫރޯ މާކެޓިންގެ މެނޭޖަރު ވިދާޅުވި އެވެ.

ރޭ ބޭއްވި މާހެފުމުގައި ބައިވެރިވި ކަސްޓަމަރުންގެ މެދުގައި ގުރުއަތުލުމެއް ބާއްވައި، ނަސީބުވެރި ހަ ކަސްޓަމަކަރަށް ވަނީ ހާއްސަ ހަދީޔާތަކެއްވެސް ދީފަ އެވެ.