01 May 2019, 20:52
މާފަންނު ގެއެއްގެ ދެ ވަނަ ފަންގިފިލާގައި އޭސީ ހަރުކުރަން އުޅުނު މީހަކު ވެއްޓި ފަރުވާދޭން ފަށައިފި އެވެ.
އެ ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ، މިރޭ 6:34 އެހާކަށް ހާއިރުއެވެ.
ފުލުހުން ބުނީ، އެ ހާދިސާގައި އަނިޔާލިބުނު މީހާއަށް މިހާރު އައިޖީއެމްއެޗުގައި ފަރުވާދެމުންދާކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.