ނަވާރަ ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު ގްރޫޕް އެކެއްގެ ތިން ވަނަ މެޗް ހަރިކޭން ބީސީން ކާމިޔާބު ކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މި މެޗް ހަރިކޭން އިން ކާމިޔާބުކުރީ އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއާ ވާދަކޮށް 30 ޕޮއިންޓް 86 ޕޮއިންޓުން ނެވެ.

މެޗްގައި އެމްއެސް ހެލްޕިން ހޭންޑަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ އަބްދުﷲ ސުއައިބެވެ. އޭނާ ވަނީ ޓީމަށް ހަތް ޕޮއިންޓް ހޯދައިދީފައެވެ. އަދި ހަރިކޭނަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 18 ޕޮއިންޓް ހޯދަދިން އަހުމަދު ފައިސަލް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ހަރިކޭން ބީސީއަށް 13 ޕޮއިންޓް ހޯދަދިން މުހައްމަދު ކުވައިލިދެވެ.

މުބާރާތުގައި މިރޭ 8:30 ގައި ބައްދަލު ކުރާ ދެޓީމަކީ ގްރޫޕް ދޭއްގެ ފަޅިން ވާދަކުރާ ޔޫއެންޑް ފުރެންޑްސްއާ ޓީރެކްސް ބާސްކެޓް ބޯލް ކުލަބެވެ.