ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ރިޝީ ކަޕޫރު ފަރުވާ ހޯދަމުން އަންނަނީ ކެންސަރު ބައްޔަށް ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

މީގެ ކުރިން ވެސް ރިޝީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކަމަށް މީޑިއާތަކުގައި ރިޕޯޓްކުރިއިރު އެކަން އޭނާގެ ބޭބެ ރަންދީރު ކަޕޫރު ވަނީ ދޮގުކޮށްފަ އެވެ.

ރިޝީ ސިއްހީ ފަރުވާ އަކަށް ނިއު ޔޯކަށް ދިޔަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ރިޝީ ނިއު ޔޯކަށް ފުރި ދުވަހުން ފެށިގެން ވެސް އޭނާއަށް ކެންސަރު ޖެހިފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދިޔައީ ވާހަކަ ދައްކަމުންނެވެ.

ބޭރުގެ މީޑިއާއަކަށް ދާދި ފަހުން ރަންދީރު ކަޕޫރު ދިން އިންޓަވިއުއެއްގަިއ ބުނީ ކޮއްކޮ ފަރުވާ ހޯދީ ކެންސަރު ބައްޔަށް ކަމަށާއި މިހާރު އޭނާ "ކެންސަ ފްރީ ހާލަތު"ގައި ހުރި ކަމަށެވެ. އަދި އަވަސް މުސްތަގްބަލެއްގައި އެނބުރި އަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

"ކެންސަރުން ސަލާމަތްވެފައި މިވަގުތު ހުރީ. އެކަމަކު ބޭސްފަރުވާ ދަނީ އަދި ވެސް ކުރިއަށް،"

ރިޝީ ކުއްލި ގޮތަކަށް ފިލްމީ މަސައްކަތްތަކާ ދުރުވެ ފަރުވާ އަށް ބޭރަށް ދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގަ އެވެ.