30 Apr 2019, 16:38
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްއިން ނެރޭ މޯލްޑިވްސް ފައިންޑާގެ ހަތްވަނަ އަދަދު ނެރެފިއެވެ.
މަޓާޓޯގެ އޮފިޝަލް ޓްރެވަލް ޕަބްލިކޭޝަން، މޯލްޑިވްސް ފައިންޑާގެ ހަތްވަނަ އަދަދު ލޯންޗުކޮށްފައިވަނީ ދުބާއީގައި ކުރިއަށްދާ އަރަބިއަން ޓްރެވަލް މާކެޓްގެ ތެރެއިންނެވެ. އެ އަދަދު ނެރެދެއްވީ އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދެވެ.
އެ މެގަޒިންގައި ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ތަފާތު މައުލޫމާތާއި ދިވެހިންގެ ހުނަރު އަދި އުފެއްދުންތެރިކަމާ ގުޅޭ މައުލޫމާތު ހިމަނާފައިވެއެވެ.
މި މެގަޒިން މަޓާޓޯއިން ބައިވެރިވާ ޓްރެވަލް ފެއާތަކުގައި ބަހާނެއެވެ. 2011 ވަނަ އަހަރުން ފެށިގެން ނެރޭ މޯލްޑިވްސް ފައިންޑާގެ 10،000 ކޮޕީ މިއަހަރު ބާއްވާ ބޮޑެތި ޓްރެވަލް ފެއާ އަދި ރޯޑް ޝޯތަކުގައި ބަހާނެއެވެ.