ސައުދީ ސަރުކާރުން ރާއްޖެ އަށް 50 ޓަނުގެ ކަދުރު މި އަހަރު ވެސް ހަދިޔާކޮށްފި އެވެ.

ސައުދީ އެމްބަސީގައި މިއަދު ހެނދުނު ބޭއްވި ރަސްމިޔާތެއްގައި އެ ކަދުރުތައް އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރު އަލީ އާ ހަވާލުކޮށްދެއްވީ ސައުދީގެ ޗާޖް ޑި އެފެއާސް މެޓްރިކް އަލްޑޮސާރީ އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް 'ސަން' އަށް ވިދާޅުވީ ގޭބީސީތަކުގެ ލިސްޓެއް މިހާރު ނަގާފައިވާ ކަމަށާއި ކޮންމެ ރަށަކަށް ވެސް ބަހަން ހަމަޖެހިފައިވާ ކަދުރުތަކާ ހަވާލުވާނީ އެ ރަށެއްގެ ކައުންސިލުން ކަމަށެވެ.

"އެ ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބެހޭ ވަރު ނުވާނެ،"

ސައުދީން ރާއްޖެއަށް ފަންސާސް ޓަނުގެ ކަދުރު ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެެ ތެރެއިން--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ކަދުރުތަކާ ހަވާލުވާން އަންނަ ތަރުތީބުން ކަދުރު ހުސްވަންދެއް ބަހާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދީން މިދިޔަ އަހަރު ވެސް ރާއްޖެ އަށް ވަނީ 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފަ އެވެ.