އެވިޑް ކޮލެޖްގެ ފެކަލްޓީ އޮފް ހިޔުމަން ޑިވެލޮޕްމަންޓްގެ އެގްޒެކެޓިވް ޑީން ކަމުގެ މަގާމަށް ޑރ. އައިޝަތު ރަމީލާ އައްޔަން ކޮށްފިއެވެ.

މިއަދު އެވިޑު ކޮލެޖުގައި ބޭއްވި ރަސްމިއްޔާތެއްގައި ޑރ. ރަމީލާއަށް މަގާމުގެ ފަތްކޮޅު އެރުވީ އެ ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގު ރަޝާދެވެ. އެ ރަސްމިއްޔާތުގައި އެވިޑް ކޮލެޖްގެ ވަރަށް ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑރ. ރަމީލާ ޑޮކްޓޯރަލް ޑިގްރީ ހާސިލުކުރައްވާފައިވަނީ ސޯސަލް އެންޑް މެންޓަލް ހެލްތް ގެ ދާއިރާއިންނެވެ. ޑރ. ރަމީލާ އެންމެފަހުން ފުރުއްވި މަގާމަކީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ޔުނިވާސިޓީތަކުގައި ސިއްހީ ދާއިރާއިން ދަރިވަރުން ތަމްރީން ކުރުމުގައި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަނީ ޚިދުމަތް ކުރައްވާފައެވެ.

ޑރ. ރަމީލާ ވިދާޅުވީ އޭނާ އެވިޑް ކޮލެޖް އިޚްތިޔާރު ކުރެއްވީ މިހާރު ރާއްޖޭގައި އެންމެ ކުރިއަރަމުންދާ ކޮލެޖަކަށްވެފައި އަދި އެވިޑް ކޮލެޖްގައި ވަޒީފާއަދާކުރަމުން އިތުރަށް ކުރިއަށް ދެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

އެވިޑް ކޮލެޖުން ބުނީ އެ ކޮލެޖުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ރާއްޖެއިން މަތީ ތައުލީމީ ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް އެދާއިރާއިން ތައުލީމު އުނގެނުމުގެ ގިނަގުނަ ފުރުސަތުތައް ހޯދައިދިނުމަށް މަގުފަހި ކޮށްދިނުމަށާއި ރާއްޖޭގައި ތިބެގެން އެވިޑް ކޮލެޖް މެދުވެރިކޮށް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ކަމަށެވެ.

"މި ގޮތުން އިންޓަރނޭޝަނަލް ޕްރޮގްރާމްތަކާއި ލޯކަލް ޕްރޮގްރާމްތައް އެވިޑް ކޮލެޖުން ތަޢާރަފް ކުރަމުން ގެންދާނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އެވިޑް ކޮލެޖް ގެ ޗެއަރމަން އަބްދުﷲ މުސްތާގު ރަޝާދުގެ އުއްމީދަކީ އެވިޑް ކޮލެޖްގައި ވީހާވެސް ގިނަ ދާއިރާތަކަށް ފުރުސަތު ދަރިވަރުންނަށް ހުޅުވާލުމެވެ،" އެވިޑް ކޮލެޖުން ބުންޏެވެ.

މިއަހަރުގެ މެއި އިންޓޭކްގައި އެވިޑް ކޮލެޖްގައި ޝަރިއާ އެންޑް ލޯ ޑިގްރީ އަށް ކިޔަވައިދޭން ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މި އަހަރުގެ މެއި އިންޓޭކްގެ އެވިޑް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

"ކޯސްތަކާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އެވިޑް ކޮލެޖްގެ ހޮޓްލައިން 7803228 ނުވަތަ ކޮލެޖްގެ އޮޕަރޭޓަރ 3006768/3016768 މި ނަންބަރ ފޯނާއި ގުޅުއްވުން އެދެމެވެ،" އެވިޑް ކޮލެޖުން ބުންޏެވެ.