29 Apr 2019, 15:55
ކްލަބް މެޑު ކަނި ފިނޮޅު ރިސޯޓުގައި ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު 12:39ގައި އެ ހާދިސާގެ ރިޕޯޓު ލިބިފައިވާ ކަމަށާއި ގެނބުނު ފަތުރުވެރިޔާ އަށް ފަރުވާ ދިނުމަށް އޭޑީކޭ އަށް ގެނެސް ފަރުވާ ދިން ކަމަށެވެ. އޭނާ މަރުވީ އޭޑީކޭގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި މަރުވެފައި ވަނީ އުމުރުން 52 އަހަރުގެ ސިންގަޕޫރު ފިރިހެނެކެވެ.
ފަތުރުވެރިން ގެނބިގެން މަރުވުމުގެ ހާދިސާތައް ރާއްޖޭގެ ރިސޯޓުތަކުގައި ހިނނގަ އެވެ. މިފަދަ ހާދިސާތައް މަދުކުރުމަށް ސަލާމަތީ ގޮތުންް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާފައި ވޭތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ އިންސްޕެކްޝަނެއް ވެސް ފަށައިފަ އެވެ.