މިދިޔަ މާރިޗު މަހު ޖެންޑާ މިނިސްޓްރީއަށް ޖުމްލަ 253 މައްސަލައެއް ހުށައަޅާފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ހުށައެޅި މައްސަލަތަކުގެ ތެރެއިން 53 ޕަސެންޓަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތަކެވެ. އެއީ ޖުމްލަ 131 މައްސަލަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. އެއީ 38 މައްސަލައެވެ.

އިހުމާލުވުމުގެ 35 މައްސަލަ އެއް އެ މިނިސްޓްރީއަށް ހުށައަޅާފައިވާ އިރު ޖިންސީ ހާނީއްކައިގެ 32 މައްސަލަ އެއް އަދި ނަފްސާނީ ހާނީއްކައިގެ 14 މައްސަލަ އެއް ވަނީ ހުށައަޅައިފަ އެވެ.

އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ހަ މައްސަލަ އަކާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ތިން މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ދެ މައްސަލައެއް ހުށައަޅާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބު -

ހައްގުތަކުން ކުޑަކުދިން މަޙްރޫމުކުރުން

  • ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ ހަ މައްސަލަ

އޭގެ ތެރޭގައި ސާފު ބޯފެނާއި ކަރަންޓުގެ ޚިދުމަތަށް ހުރަސް އެޅުމުގެ ހަތަރު މައްސަލަ، ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއްގެ އިތުރުން އައިޑީކާޑު، ޕާސްޕޯޓް، އުފަންދުވަހުގެ ސެޓުފިކެޓު ހޯދުމާ ބެހޭ މައްސަލައެއް ހިމެނެ އެވެ.

އާއިލީ މައްސަލަތައް

  • އާއިލީ 27 މައްސަލަ

  • އެ މައްސަލަތަކުގެ ތެރޭގައި ހަޟާނާޔުގެ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 14 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ އަށް މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ތިން މައްސަލަ ހިމެނެ އެވެ.

ކުޑަކުދިންގެ އަހްލާގީ މައްސަލަތައް

  • ކުޑަކުދިންގެ އަޚްލާގާ ގުޅުން ހުރި 15 މައްސަލަ

އޭގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ފަސް މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ހަތަރު މައްސަލަ ހިމެނެ އެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާ

  • ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 38 މައްސަލަ.

އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެ ބާވަތުގެ 12 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ

  • އެއީ އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 14 މައްސަލަ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ފަސް މައްސަލަ އެވެ.
  • އަމިއްލަ ނަފުސަށް ގެއްލުން ދިނުން

    • އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ 12 މައްސަލަ