20 Oct 2011, 12:18
އިންޑިޔާގެ ޓްރެވިންޑްރަމްގައި ދިވެއްސަކު އިއްޔެ ދަންޖެހިގެން މަރުވެއްޖެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި ދަން ޖެހިގެން މަރުވީ ޓްރެވިންޑްރަމްގައި ދިރިއުޅޭ އުމުރުން 22 އަހަރުގެ ޒުވާނެކެވެ. އަދި އޭނާ ދަންޖެހިފައި ހުއްޓާ ފެނިފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ ގޭގެ ތެރެއިން ނެވެ.
ޓްރެވިންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސިއުލް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ
އެޒުވާނާ މަރުގެ ހާދިސާއާ ބެހޭ އެއްވެސް ތަފްސީލެއް އަދި ހާމަނުކުރުމަށް އެދި އާއިލާއިން ކޮންސިއުލޭޓަށް ސިޓީއެއް ފޮނުވާފައިވާތީ އެމައުލޫމާތު އަދި ދެއްވެން ނެތް ކަމަށެވެ.
ދަންޖެހިގެން މަރުވި ޒުވާނާއަކީ އިންޑިޔާގައި އެއާޕޯޓް މެނޭޖްމަންޓުން ޑިޕްލޮމާއެއް ހަދަމުން އަންނަ ޒުވާނެކެވެ. އަދި އެޒުވާނާ ކޯސް ނިންމުމަށްފަހު އަންނަ ނޮވެންބަރުގައި މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.