އަންނަ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ރިލީޒްކުރަން ނިންމާފައިވާ "ގުޑް ނިއުސް" ރިލީޒްކުރާ ދުވަސް ފަސްކޮށްފިއެވެ.

އެ ފިލްމު މިހާރު އަޅުވަން ނިންމާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. މިއީ އެ ފިލްމު ފަސްކުރި ދެވަނަ ފަހަރެވެ.

ފިލްމު ރިލީޒްކުރުން ފަސްކުރި ސަބަބެއް އަންގާފައެއް ނުވެއެވެ.

"ގުޑް ނިއުސް"ގެ ވާހަކަ ބިނާކޮށްފައި ވަނީ ދަރިއަކު ހޯދުމަށް މަސައްކަތް ކުރާ ދެމަފިރިންގެ ދިރިއުޅުމުގެ މައްޗަށެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ ރާޖް މެހެތާއެވެ.

އެ ފިލްމަކީ މަޖާ ފެމެލީ ޑްރާމާއެކެވެ. އަކްޝޭ އާއި ކަރީނާގެ އިތުރުން، "ގުޑް ނިއުސް" ގައި މުހިންމު ރޯލުތަކުން ދިލްޖީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ވެސް ފެނިގެންދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ކަރީނާގެ ދަރިފުޅު ތައިމޫރު ވެސް ހާއްސަ ފެނިލުމަކުން ފެނިގެންދާނެއެވެ.

އަކްޝޭ އާއި ކަރީނާ ވަނީ މީގެ ކުރިން ވެސް އެކުގައި ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ. ދެމީހުން އެންމެ ފަހުން އެކުގައި މަސައްކަތް ކުރީ މީގެ ނުވަ އަހަރު ކުރިން ފިލްމު "ކަމްބަޚްތު އިޝްގް" ގައެވެ.