29 Apr 2019, 09:09
ދާދި ފަހުން އެންގޭޖްމަންޓް ފަސްކުރި ބޮލީވުޑްގެ އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަން 32، އަންނަ އަހަރު ކައިވެނިކުރާނެ ކަމަށް އޭނާގެ ބައްޕަ ޑޭވިޑް ދަވަން ބުނެފިއެވެ.
ބޭރުގެ މީޑިއާއަކަށް އިންޓަވިއު ދެމުން ޑޭވިޑް ބުނީ ވަރުންގެ ކައިވެނި އަންނަ އަހަރު ކުރުމަށް ނިންމާފައިވާ ކަމަށާއި ވަރުންއަށްޓަކައި އޭނާ އުފާވާ ކަމަށެވެ. އަދި ވަރުން ދެކެ ލޯބިވާ ބައިވެރިއަކު ހުރުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށްވެސް ޑޭވިޑް ބުންޏެވެ.
"ވަރުން އާއި ނަތާޝާގެ ގުޅުމަށް އަހަރެން އުފާވޭ. ބައްޕައަކު އެންމެ ދެކެން ބޭނުންވާނެ ދުވަހަކީ ދަރިފުޅު ކައިވެނިކުރާނެ ދުވަސް ދެކުން. އަދި ލޯބިވާ ބައިވެރިއަކު ލިބުން. ދެން އިތުރު ކޮންކަމެއް؟،" ޑޭވިޑް ބުންޏެވެ.
ވަރުން ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނަތާޝާ ދަލާލް 30، އާ އެވެ.
ވަރުން އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ކަރަން ޖޯހަރުގެ "ކަލަންކް"އިންނެވެ. އެ ފިލްމަކީ ވަރުންގެ ފިލްމީ ކެރިއަރުގައި ވެސް ފުރަތަމަ ފްލޮޕެވެ.