28 Apr 2019, 19:13
މަޖީދީ މަގުން ހިނގާފައި ދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރިގަނެގެން ދަނިކޮށް ފުލުހުން އެމީހުން ހައްޔަރުކޮށްފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މަޖީދީ މަގު ވެލިގާ ހާޑުވެއާ ކައިރިން ހިނގާފައި ދިޔަ ބިދޭސީއެއް އަތުން ފޯނެއް ފޭރިގަތް މައްސަލާގައި 29 އަހަރާއި 44 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ ލޮނުޒިޔާރަތް މަގާއި ރަތްވިލާ ހިނގުން ގުޅޭ ކަންމަތިން ކަމަށް ފުލުހުން ބުނެއެެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރމުންނެވެ.