މިއަދު ލ. ގަމުގައި އަލިފާން ރޯވި ގެ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ، އަލިފާން ރޯވުމުގެ ސަބަބުން އެ ގޭގައި މީހުން ނޫޅެވޭ ވަރަށް ގެ އަނދައިގެން ގޮސްފައި ވާތީ ކައުންސިލުން އެ މީހުން ދިރިއުޅެން އެހެން ގެޔެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އަލިފާނުން ރޯވި ގޭގައި ހުރި ސަލާމަތްވި ތަކެތި އެ މީހުން ބަދަލު ކުރި ގެއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ ގޭގައި އަލިފާން ހިފަން މެދުވެރިވި ސަބަބުތައް މިހާރު ބަލައި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.