28 Apr 2019, 16:48
މާލޭ ކޮމާޝަލް ހާބަރުގައި މުދާ ބާލަން އުޅުމުގެ ތެރޭގައި ބޯޓެއްގެ ކެރޭނުން ބައެއް ޖެޓީ މައްޗަށް ވެއްޓި މުދާތަކަކަށް ގެއްލުން ވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކެރޭނުގެ ބައެއް ވެއްޓުނު މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު މެންދުރުފަހު 14:00 އެހައިކަންހާއިރު ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
"ފުލުހުން މިހާރު ދަނީ ސީންގައި ހަރަކާތްތެރިވަމުން،" އޮފިޝަލް ވިދާޅުވިއެވެ.