28 Apr 2019, 14:49
ލ. ގަމު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބުނީ، މިއަދު މެންދުރު 12:58 އެހާކަށްހާއިރު ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ، އެ ގޭގެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށާއި އަލިފާންގަނޑު ނިއްވާލެވުނު އިރު، ގެއަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާކަމަަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަލިފާންގަނޑު ނިއްވާލެވުނީ، މެންދުރު 1:50 އެހާކަށް ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
ފޮޓޯތަކުން ފެންނަގޮތުގައި ރޯވެފައިވަނީ، ލ. ގަމު، ދުންފިނިއާގޭގައެވެ. މިހާދިސާ ހިންގަން މެދުވެރި ސަބަބު އަދި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ސާފެއް ނުވެއެވެ.