28 Apr 2019, 13:40
އއ. ރަސްދޫގައި މޭކަޕް އަދި ހީނާ އާޓް ދަސްކޮށްދޭ ކްލާހެއް ކުރިއަށް ގެންގޮސްފި އެވެ.
ތިން ދުވަހުގެ މުއްދަތަށް އެ ރަށުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 40 ކުދިން ބައިވެރިވި އެވެ.

ރަސްދޫގައި ކުރިއަށްގެންދިޔަ ހީނާ އެންޑް މޭކަޕް ކްލާސް -- ފޮޓޯ: އީމްނިޒާމް
މިމަހުގެ 25 އިން 27 އަށް ޝެލޯ ލެގޫން ރަސްދޫގައި ކުރިއަށް ގެންދިޔަ މި ކްލާސްތަކުގައި މޭކަޕް ސެޝަންތައް ނަގައިދީފައި ވަނީ ޒައި އާޓްސް އެންޑް އެތިކްސްގެ ފަރާތުންނެވެ. ހީނާގެ އާޓް ކިޔަވައިދިނީ ހީނާ ބައި ޝަމްގެ ފަރާތުންނެވެ.

ރަސްދޫގައި ކުރިއަށްގެންދިޔަ ހީނާ އެންޑް މޭކަޕް ކްލާސް -- ފޮޓޯ: އީމްނިޒާމް
އީމް ނިޒާމް އިންތިޒާމުކުރި މި ކްލާސްތައް ކުރިއަށް ގެންގޮސްފައި ވަނީ ލިންޗްޕިން މޯލްޑިވްސް އާއި ލެމަން ޑްރޮޕް މޯލްޑިވްސް، ޝެލޯ ލެގޫން އަދި ކޮރަލް ސްޕީޑްގެ އެހީތެރިކަމާއެކު އެވެ.
މި ކްލާހުގައި ބައިވެރިވި ކުދިންގެ މަސައްކަތް ވަޒަންކޮށް އެންމެ ރަނގަޅު ފަސް ކުއްޖަކު ހޮވައި ވަނީ އިނާމު ދީފަ އެވެ.

ރަސްދޫގައި ކުރިއަށްގެންދިޔަ ހީނާ އެންޑް މޭކަޕް ކްލާސް -- ފޮޓޯ: އީމްނިޒާމް
މީގެ ކުރިން ވެސް މިފަދަ ކްލާސްތައް އީމް ނިޒާމް ވަނީ ޒައި އާޓް އެތިކްސް އާ ގުޅިގެން އައްޑޫ ސިޓީގައި ވެސް ކުރިއަށް ގެންގޮސްފަ އެވެ.