ހުޅުމާލޭގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާވެ ފަރުވާދޭން ފަށައިފި އެވެ.

ފުލުހުން ބުނީ، މިއަދު ހެނދުނު 6:45 އެހާކަންހާއިރު ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވީ ސައިކަލް ފަހަތުގައި އިން އަންހެނަކަށް ކަމަށެވެ.

އެ އަންހެން މީހާއަށް ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ އިރު، އޭނާގެ ވާތުފައިގެ ކުޑަހުޅުމަތިން ދެ ތަނަކުން ކަފައިގެން ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ފުލުހުން ބުނި ގޮތުގައި، ހުވަނދު މާރުކޭޓް ގޯޅިން ބޮޑުމަގަށް ނިކުތް ސައިކަލެއް އެ މަގުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހިގެން ކަމަށެވެ.