އަވަށްޓެރި ސްރީލަންކާގައި ދިވެހިން ގިނަ އަދަދަކަށް ދިރިއުޅެމުން އަންނަ ވެއްލަވައްތަ ސަރަހައްދުން ގޮވާ ތަކެއްޗާއެކު، ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެގައުމުގައި ދިން ބޮމުގެ ހަމަލާތަކާގުޅިގެން ހައްޔަރު ކުރި މީހުންގެ އަދަދު ވަނީ 70 އަށް ވުރެއް މައްޗަށް އަރާފައެވެ.

ލަންކާގެ ނޭވީއާ ހަވާލާދީ، ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިއަދު ހައްޔަރުކުރި ތިން މީހުން ހައްޔަރުކޮށްފައިވަނީ، ވެއްލަވައްތަ ރެއިލްވޭ ސްޓޭޝަން ކައިރީގައި ދުއްވާފައި ދިޔަ ކުރޮޅި އަކުން ގޮވާ ތަކެއްޗާއެކު ކަމަށެވެ.

މިކާމާ ގުޅިގެން އިތުރު ތަފްސީލެއް އަދި އެއްވެސް މީޑިއާ އަކުން ހާމައެއް ނުކުރެއެވެ.

ލަންކާގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ސުކޫލުތަކާއި ޔުނިވާސިޓީތައް ހުޅުވުން މިއަންނަ މަހު ހަވަނަ ދުވަހަށް ލަސްކުރުމަށް އެގައުމުގެ ސެކުއިރިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.

ލަންކާގެ އަށް ސަރަހައްދެއްގައި ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން 253 މީހަކު މަރުވެފައިވާއިރު، ޒަހަމްވި މީހުން 500 އަށް ވުރެ ގިނަ އެވެ.