ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ ކުރިން އައްޔަންކުރެއްވި މެމްބަރު އާއިޝަތު ވެލަޒިނީ ހޯމް މިނިސްޓްރީގެ ނާއިބަކަށް ހަމަޖައްސަވައިފި އެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ ވެލަޒިނީ ހޯމް މިނިސްޓްރީގެ ނާއިބަކަށް ހަމަޖެއްސެވުމުން މިހާރު ހޯމް މިނިސްޓްރީގެ ނާއިބުންގެ ގޮތުގައި ދެ ބޭފުޅަކު ތިއްބަވާ ކަމަށެވެ.

އަދި ވިދާޅުވީ މިއަދުން ފެށިގެން ވެލަޒިނީ އޮފީހަށް ނުކުންނަވަން ފައްޓަވާފައިވާ ކަމަށެވެ.