25 Apr 2019, 20:02
ކޮކާކޯލާއިން ބޭއްވި ފިއެސްޓާ ޕްރޮމޯނުގައި ގުރުއަތުން ހޮވުނު 14 މީހަކު މިއަދު އިނގިރޭސި ވިލާތައް ފުރައިފި އެވެ.
މިއަދު އިނގިރޭސި ވިލާތަށް ފުރި 14 މީހުންނަނީ ކޮކާކޯލާއިން ޕްރޮމޯޝަނުގައި ކޯކް ފުޅީގެ ނަންބަރު 2626 އަށް އެސްއެމް ކޮށްގެން ގުރުއަތުގައި ބައިވެރިވެ ހޮވުނު ހަތް ނަސީބުވެރިންނާއި އެމީހުންގެ ބައިވެރިންނެވެ.
ކޮކާކޯލާއިން ހުރިހާ ހަރަދެއް ދީގެން އިނގިރޭސި ވިލާތައް ދިޔަ 14 މީހުންނަށް އޯލްޑް ޓްރެފޯޑް ސްޓޭޑިއަމްގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ކުޅޭ މެޗު ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ.
އޭގެ އިތުރުން އިނގިރޭސި ވިލާތުގެ ހާއްސަ ބިނާތަކާއި އާސާރީ ތަންތަން ދައްކާލަން ވަނީ ހަމަޖެހިފަ އެވެ.

ކޮކާކޯލާ ނަސީބުވެރިން އިނގިރޭސި ވިލާތައް ފުރަން އެއާޕޯޓުގައި ---ފޮޓޯ/ ކޮކާކޯލާ
ޕްރެމިއާ ލީގު ބަލަން ދިއުމުގެ ފުރުސަތުގެ އިތުރުން ކޮންމެ ދުވަހަކުވެސް ނަސީބުވެރި އެއް ފަރާތަކަށް 43 އިންޗީގެ އެލްސީޑީ ސެމްސަންގް ޓީވީ އެއް ކޮކާކޯލާއިން ވަނީ ދޫކޮށްފަ އެވެ. ޖުމްލަ 45 ޓީވީ ކޮކާކޯލާއިން ދޫކުރި އެވެ.
ކޮކާ ކޯލާ ކުންފުންޏަކީ ކުޅިވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން މެދުނުކެނޑި މިފަދަ ޕްރޮމޯޝާންތައް ދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން ވޭތުވެދިޔަ ވޯލްޑް ކަޕް އަދި ޔޫރޯ ފުޓުބޯޅަ މުބާރާތް ބަލާލުމުގެ ފުރުސަތު ދިވެހީންތަކަކަށް އެ ކުންފިން ވަނީ ހޯދައިދީފައެވެ.
މީގެ އިތުރުން ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ދިވެހި ފަސްގަނޑަށް ވޯލްޑް ކަޕްގެ އޮރިޖިނަލް ތަށި ގެނެސް ދިވެހީންނަށް އެ ޓުރޮފީއާ އެކު ފޮޓޯ ނެގުމުގެ ފުރުސަތު އެ ކުންފުނިން ހޯދައިދިނެވެ.