ބ. އޭދަފުށީ ޕޯސްޓް އޮފީސް ބަޔަކު ރޭ ފަޅާލައި އެތަނުން 1،500 ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ، ރޭ 8:30 އެހާކަން ހާއިރު އޭދަފުށީގައި ހުންނަ ޕޯސްޓް އޮފީސް ފަޅާލައި އެތަނުގެ ތެރެއަށް ވަގުން ވަދެފައި ވަނީ އެ އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިގެން ކަމަށެވެ. ފުލުހުން ބުނީ އެތަނުގެ ތެރެއަށް ވަތް ވަގުން ގެންގޮސްފައި ވަނީ 1،500 ރުފިޔާ އެކަނި ކަމަށެވެ. އަދި އެހެން އެއްވެސް އެއްޗެއް ވަގަށް ގެންގޮސްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލައިގައި ހިމެނޭ މީހުން އަދި ހައްޔަރެއް ނުކުރެވެ އެވެ. ފުލުހުން ބުނީ މައްސަލައިގެ ތަހުގީގެއް މިހާރު ފަށާފައިވާ ކަމަށެވެ.