މި މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރި ދަރުމާ ޕްރޮޑަކްޝަންގެ ބޮޑު ބަޖެޓް ފިލްމު "ކަލަންކް"އަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވުނު ނަމަވެސް އެ ފިލްމަށް މާބޮޑު ތަރުހީބެއް އަދި މިހާތަނަށް ލިބިފައެއް ނެތެވެ.

އެ ފިލްމު ކްރިޓީކުންނަށް ކަމުނުދިޔައިރު ބެލުންތެރިންވެސް ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ކަރަން ޖޯހަރުގެ ފިލްމަކާ އަޅާ ބަލާއިރު ވަރަށް ދަށް ފިލްމެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަދި އެ ފިލްމަކީ ކަރަން ގެ އެންމެ ބޮޑު ފްލޮޕް ކަމަށް ގިނަ ބަޔަކު އިއްތިފާގުވެސް ވެއެވެ.

މި ފިލްމަށް ފުރަތަމަ ދުވަހު ބޮކްސް އޮފީހުގައި ރަނގަޅު އާމްދަނީއެއް ލިބުނު ނަމަވެސް މިހާރު ފިލްމު ބަލަން ވަންނަ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށް ކްރިޓީކް ތަރަން އާދަޝް ބުންޏެވެ.

އޭ ލިސްޓުގެ ތަރިންތަކެއް ހިމަނައިގެން ތައްޔާރުކުރި އެ ފިލްމުގެ ލީޑު އެއް ތަރި ވަރުން ދަވަންގެ ކެރިއަރުގައި ވެސް ފްލޮޕްވި ފުރަތަމަ ފިލްމަކީ ވެސް މިއެވެ.

ދަރްމާ ޕްރޮޑަކްޝަން އާއި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓެއިންމަންޓް އިން ގުޅިގެން ގެނެސް ދޭ އެ ފިލްމުގެ ތަރީންގެ ތެރޭގައި ލެޖެންޑް މާދުރީ ދިކްސިޓް، ބަތަލާ ސޮނާކްޝީ ސިންހާ، އާލިއާ ބަޓް، އަތިދްޔާ ރޯއީ ކަޕޫރު ހިމެނެއެވެ. އަދި މީގެ އިތުރުން ބޮލީވުޑްގެ މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލު ވަރުން ދަވަންގެ އިތުރުން ސަންޖޭ ދަތު ވެސް އެ ފިލްމުން ފެނިގެންދާނެއެވެ.

އަބީޝޭކް ވަރްމަން ޑައިރެކްޓްކުރި އެ ފިލްމަކީ ފޮކްސް ސްޓާ ސްޓޫޑިއޯ އިން ގެނެސްދޭ ފިލްމެކެވެ.

"މިއީ 1940ގެ އަހަރުގެ ވާހަކަތަކެއް ކިޔާދޭނެ ފިލްމެއް. މި ފިލްމަކީ ކަރަން ޖޯހަރު އަދި ޔަޝް ޖޯހަރު މީގެ 15 އަހަރު ކުރިން ޕްލޭންކޮށްފައިވާ ފިލްމެއް،"