25 Apr 2019, 08:50
ބޮލީވުޑް އެކްޓަރު އަރްޖުން ރާމްޕާލް އާއި އޭނާގެ އަނބިމީހާ މެހެރް ރާމްޕާލްގެ ދުވަސްވީ ކައިވެނި ނިމުމަކަށް ގެނެއުމަށް ފަހު އަރްޖުން މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އެފްރިކާގެ ބަތަލާ މޮޑެލް އަދި ހޯސްޓް ގެބްރިއެލާ ޑެމެޓްރިއޭޑިސްއާ އެވެ.
ގެބްރިއެލާ އަރްޖުންގެ ދަރިއަކަށް ބަލިވެ އިން ވާހަކަ ވަރަށް ބާރަށް ދެކެވެމުން އައި އިރު އަރްޖުން ވަނީ ޓްވިޓާ އެކައުންޓުގައި އޭނާ އަށް ތިން ވަނަ ދަރިއަކު ލިބެން އުޅޭ ކަމަށް ހާމަކޮށްފަ އެވެ.
"ތި ބޭބީ، ބޭބީއެއް ދޭން އުޅޭތީ ޝުކުރުވެރިވަން،"
އަރްޖުން އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ހާމަކުރުމުން އޭނާގެ ފޭނުން އަންނަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.
އަރްޖުން އާއި މެހެރް ވަކިވި އިރު ކައިވެންޏަށް ދެކުދިން ވަނީ ލިބިފަ އެވެ. އެއީ މަހިކާ (17) އަދި މައިރާ (13) އެވެ.
އަރްޖުން އާއި މެހެރް ކައިވެނި ކޮށްފައި ވަނީ 1998 ވަނަ އަހަރު އެވެ. މެހެރް އަކީ އިންޑިއާގެ ކުރީގެ ރީތީގެ ރާނީ އެއްގެ އިތުރުން ސުޕަމޮޑެލް އެކެވެ.