ރާއްޖޭގެ ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމު އިތުރަށް ފުރިހަމަ ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަނައިބު އިބްރާހިމް ރިފްއަތު މިއަދު ވިދާޅުވެއްޖެ އެވެ.

ހޮންކޮންގްގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ބާއްވާ އާބިޓްރޭޝަން ސްޓަޑީ ޓުއާއެއްގައި ވާހަކަފުޅު ދައްކަވަމުން ރިފްއަތު ވިދާޅުވީ، އިންވެސްޓަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ފުރިހަމަ ޑިސްޕިއުޓް ރިޒޮލިއުޝަން އަދި އާބިޓްރޭޝަންގެ ނިޒާމެއް މުހިންމު ކަމަށެވެ.

"އިންވެސްޓްމަންޓްތައް ހިމާޔަތް ކުރެވޭނެ ގޮތަށް، އަވަސް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނިޒާމެއް ގެނައުމަށްމިހާރު އޮތް ގާނޫނީ އޮނިގަނޑު ސަރުކާރުން މިދަނީ މުރާޖާ ކުރަމުން،" ރިފްއަތު ވިދާޅުވިއެވެ.

ރިފްއަތު ވިދާޅުވީ، ދެމެހެއްޓެނިވި އިގްތިސާދު ކުރިއެރުމަށްޓަކައި ސިޔާސީ ހަމަޖެހުން ސިޔާސީ ހަމަޖެހުމާއި، ހަރުދަނާ ޑިސްޕިއުޓް ރިޒޮލިއުޝަން ނިޒާމެއް އޮތުން މުހިންމު ކަމަށެވެ.

ހޮންކޮންގްގެ އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރިފްއަތު މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގެ ޗެއާމަން ޝަހުދީ އަންވަރާއި އެ ބޯޑުގެ މެމްބަރުން، ހުސައިން ސިރާޖް އަދި ސަފާ ޝަރީފް ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.