24 Apr 2019, 18:05
"ރޯދަ އާއި ސިއްހަތު" ގެ ނަމުގައި ރޯދަމަހަށް ހާއްސަ މެޑިކަލް ޗެކަޕް ޕެކޭޖެއް ޓްރީޓޮޕް ހޮސްޕިޓަލުން ތައާރަފްކޮށްފިއެވެ.
އެ ޕެކޭޖްްގެ ދަށުން މާދަމާއިން ފެށިގެން ރޯދަމަހުގެ ނިޔަލަަށް ހިދުމަތްތަައް ލިބިގެންދާނެކަމަށް ޓްރީޓޮޕްއިން ބުންޏެވެ.
މިއީ ރޯދައަށް ހުންނަ މީހުންގެ ސިއްހަތު ދެނެގަނެ ރޯދަމަހު ސިއްހީ ދުޅަހެޔޮކަން ދަމަހައްޓާނެގޮތުގެ މައުލޫމާތު ދިނުމަށް ތައާރަފްކުރި ޕެކޭޖެއްކަމަށް ޓްރީޓޮޕްއިން ބުންޏެވެ.
އެ ޕެކޭޖުގެ ތެރެއިން މެޑިކަލް ޗެކަޕް، ފިޒިކަލް އެގްޒޭމިނޭޝަންއާއި، ލޭގެ ޓެސްޓްތަކުގެ އިތުރުން ލެބޭޓަރީ ޓެސްޓުތަކުގެ ހިދުމަތް ލިބިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އެ ޕެކޭޖްގެ އަގަކީ 1449 ރުފިޔާއެވެ. އަދި އިތުރު ޓެސްޓުތަކެއްގެ ހިދުމަތް ބޭނުންނަމަ އެ ޕެކޭޖްގެ އިތުރުން، ގްލައިކޯހިމަގްލޯބިންއާއި ބީ12 އާއި ރިއުމޮޓޮއިޑް ފެކްޓާ ޓެސްޓްތައް 10 ޕަސެންޓް ޑިސްކައުންޓާއެކު ލިބިގެންދާނެ ކަމަށް ޓްރީޓޮޕްއިން ބުންޏެވެ.
ޓްރީޓޮޕްއިން ބުނީ ރޯދަމަހު އެ ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ދޫކުރަނީ ހެނދުނު 10:30 އިން މެންދުރު ތިނަކަށް އަދި އަދި ރޭގަނޑު އަށަކުން 10:30 އަށް ކަމަށެވެ.