24 Apr 2019, 10:24
މާލޭ މަގުމަތިން ރޭ ހިނގާފައި ދިޔަ ބިދޭސީ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރިގަތް މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ރޭ، 8:40 އެހާކަންހާއިރު ރައްދެބައި މަގު ކަންމަތިން ފޭރިގެންފައި ވަނީ ލަންކާ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ކަމަށެވެ. ފުލުހުން ބުނީ، އެ ފައް ފޭރިގަތް މީހާ ހައްޔަރު ކުރީ، ފިލަން ދުވަހުން ދަނިކޮށް އާންމުންގެ އެހީތެރިކަމާ އެކު ފުލުހުން ކަމަށެވެ. އެ މީހާ ހައްޔަރު ކުރީ ކުރީގެ އެވިންސް ފިހާރަ ކައިރިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އަންހެން މީހާގެ އަތުން ފޭރިގަތް ރަންފަށް މިހާރު ވަނީ އަންހެން މީހާޔަށް އަނބުރާ ރައްދުކޮށްފަ އެވެ.