ސަލްމާން ހާންގެ ކާމިޔާބު ފިލްމު "ތޭރޭ ނާމް"ގެ ސީކުއަލްއެއް ހަދަން ނިންމައިފި އެވެ.

ދެހާސް ތިންވަނަ އަހަރު ނުކުތް އެ ފިލްމުގެ ޑައިރެކްޓަރު ޑައިރެކްޓަރު ސަތިޝް ކޯޝިކް އެ ފިލްމުގެ ސީކުއަލް އެއް ހަދާކަން ކަށަވަރުކޮށްދިން ނަމަވެސް ފިލްމުގެ ކާސްޓުންނެއް އަދި އިތުރު މައުލޫމާތެއް ވެސް ހިއްސާކޮށްފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ފިލްމަށް ނަގާނީ މުޅިން އާ ކާސްޓުންތަކެކެވެ.

ލީޑު ރޯލުން ސަލްމާން ނުފެނުނު ނަމަވެސް ފިލްމުގެ ހާއްސަ މަންޒަރަކުން އޭނާ ފެނިގެންދާނެ ކަމަށްވެސް ޑައިރެކްޓަރު ބުންޏެވެ.

" އެއީ ލޯބީގެ ވާހަކައެއްގެ މައްޗައް ހަދާ ފިލްމެއް. ފިލްމާ ގުޅޭ އިތުރު މައުލޫމާތުތައް ފަހުން އާންމުކުރާނަން،" ޑައިރެކްޓަރު ސަތިޝް ބުންޏެވެ.

އެ ފިލްމަކީ ޖުމްލަ 13 ލަވަ ހިމެނޭ ފިލްމެކެވެ.