އައްޑޫ ސިޓީ ލިންކް ރޯޑްގައި މިއަދު އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

އެކްސިޑެންޓުގައި މަރުވީ އައްޑޫ ވެމްކޯ ބްރާންޗްގެ މެނޭޖަރުކަން 'ސަން' އަށް ވަނީ އެނގިފަ އެވެ. އޭނާއަކީ 35 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އައްޑޫ ލިކް ރޯޑުގައި މިއަދު އެކްސިޑެންޓް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ 2:02 ހާއިރު ކަމަށެވެ.

އައްޑޫ ހޮސްޕިޓަލުގެ މެނޭޖަރު އަލީ މޫސާ 'ސަން' އަށް ވިދާޅުވީ އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

"ހޮސްޕިޓަލަށް ގެނެވުނީ 2:30 ހާއިރު. އޭރުވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވަނީ." އައްޑޫ ހޮސްޕިޓަލުން ބުންޏެވެ.

ފުލުހުން ދަނީ އެމައްސަލަ ތަހުގީގު ކުރަމުންނެވެ.