23 Apr 2019, 08:56
ބޮލީވުޑްގެ ތަރި އަދި ނެށުންތެރިޔާ ސުރުވީން ޗައުލާ އަށް އަންހެން ކުއްޖެއް ލިބިއްޖެ އެވެ.
ވިޔަފާރިވެރިޔާ އަކާޝް ތައްކާރުއާ 2015 ވަނަ އަހަރު ކައިވެނިކޮށްގެން ލިބުނު އަންހެން ދަރިފުގެ ނަމަކަށް ކީ އީވާ އެވެ. މިއީ އެދެމަފިރިންގެ އަލަތު ދަރިފުޅެވެ.
ސުރުވީން ވިހެއީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
ބޮލީވުޑް ގިނަ ތަރިންތަކެއް ސުރުވީނަށް އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ދެހާސް ފަނަރަ ވަނަ އަހަރު ސުރުވީން ކައިވެނިކުރި ނަމަވެސް އާންމުންނަށް އޭނާ ކައިވެނިކޮށްގެން އުޅޭކަން އެންގީ 2017 ވަނަ އަހަރު އެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކައިވެނި ސިއްރުކޮށްގެން އުޅުނީ ދެ މީހުންގެ ވެސް ކެރިއަރަށް އަސަރުކޮށްފާނެތީ ކަމަށް ސުރުވީން މީގެ ކުރިން ދިން އިންޓަވިއުއެއްގައި ބުންޏެވެ.
އޭނާ ވަނީ ސްޓާ ޕްލަސް އިން ދެއްކި "މަރިޔަން ހާން"އިން ވެސް ފެނިގެން ގޮއްސަ އެވެ. އަދި "ކަސޯޓީ ޒިންދަގީ ކޭ" އިން ވެސް އޭނާ ފެނިގެންދާނެ އެވެ.