22 Apr 2019, 20:27
ބޭންކް އޮފް މޯލްޑިވްސްގެ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ދެވަނަ ބުރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ، މެއި 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
މި ފަންޑު އިފްތިތާހުކޮށްފައިވަނީ ދިވެހިންނާއި ދިވެހި މުޖުތަމައުތަކާ އޮތް ގުޅުން ބަދަހި ކުރުމަށް "އަހަރެންގެ ބޭންކް" ތީމްގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ބޭންކުން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުންނެވެ. މުޖުތަމައުތަކަށް އަމާޒުކޮށް ހިންގާ ހަރަކާތްތައް ދެމެހެއްޓެނެވި ގޮތެއްގައި ހިންގުމަށް މި ފަންޑްގެ ޒަރިއްޔާއިން އެހީދޭނެ އެވެ.
މިފަންޑުން އެހީ ދޭނީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން އެވެ.
މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާގެ ދިނުމަށްވަނީ ބޭންކުން ކަނޑައަޅައިފަ އެވެ.
ދާދިފަހުން ބީއެމްއެލް އިން ވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ މޮޅު ފަސް ޕްރޮޕޯސަލް ހޮވައި އެ އިން ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ދީފަ އެވެ.
ޕްރޮޕޯސަލް ހުށަހެޅުމާ ބެހޭ މައުލޫމާތު ބޭންކުގެ ލިބޭނެ އެވެ.
އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މި ފަންޑުވެފައި ވަނީ ބޮޑު އެހީއަކަށެވެ.