22 Apr 2019, 17:23
އިއްޔެ ސްރީލަންކާގައި ދިން ބިމުގެ ހަމަލާތަކާ ރާއްޖެއާ އެއްވެސް ގުޅުމެއް ނެތްކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން ބުނެފިއެވެ.
އެންސީޓީސީ އިން ކުރި ޓްވީޓެއްގައި ބުނީ މި ހަމަލާތަކާ ދިވެހިންނާ ގުޅުމެއް ނެތްކަން އެންސީޓީސީގެ އިންޓަނޭޝަނަލް އަދި ލޯކަލް ޕާޓްނަރުން ޔަގީންކޮށްދީފައިވާ ކަމަށެވެ
"މިހާދިސާ އާއި ދިވެހިންނާ ގުޅުމެއް ވާކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން. މިފަދަ ވާހަކަ ދައްކާއިރު، މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށްފަހު ނޫނީ މިފަދަ ވާހަކަތައް ނުފެތުރުމަށް އެދެން،" އެބްސީޓީސީގެ ޓްވީޓުގައި ވެއެވެ.
އިއްޔެގެ ބޮމުގެ ހާދިސާތަކުގައި 290 މީހުން މަރުވެ 500 މީހުން ވަނީ ޒަހަމްވެފައެވެ.
މި ހާދިސާތަކާ ގުޅިގެން ލަންކާގެ ސަލާމަތީކަންތައް ވަނީ ވަރުގަދަކޮށްފައެވެ. އެގައުމުގެ މީހުން ދިރިއުޅޭ ގެތައް ރެންޑޮމްތައް ޗެކު ކުރަމުންދާއިރު އޭގެ ތެރޭގައި ދިވެހިން އުޅޭ ގެތައްވެސް ހިމެނެއެވެ.