ދިވެހި ރެޑްކުރެސެންޓުގެ ފަރާތުން އިމާދުއްދީން ސްކޫލަށް ތަފާތު ދާއިރާތަކުން އެހީވުމަށް އެއް އަހަރު ދުވަހުގެ އެމޯޔޫއެއްގައި ސޮއިކޮށްފި އެވެ.

ރެޑްކްރެސެންޓާ އެކު އިމާދުއްދީން ސްކޫލުން އިއްޔެ ސޮެއިކުރި އެއްބަސްވުމުގެ ދަށުން އެ ސްކޫލްގައި އެ ސްކޫލްގެ ދަރިވަރުންނާއި ސްކޫލްގެ ޓީޗަރުންނަށް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ ހަރަކާތްތަކުގެ މައުލޫމާތު ދިނުން ހިމެނެ އެވެ. އަދި އިންސާނީ އުސޫލާއި ގަދަރުގެ ދާއިރާގެ މަސައްކަތައް ޓީޗަރުންނާއި ދަރިވަރުން ހޭލުންތެރި ކުރުމުގެ އިތުރުން ފުރަތަމަ އެހީގެ ތަމްރީނާއި ދަރުމައަށް މަސައްކަތް ކުރުމުގެ ރޫހު ދަރިވަރުންނާ ޓީޗަރުންގެ މެދުގައި އާލާކުރުމާ އެކު އެކަމަށް ފުރުސަތުތައް އިތުރު ކުރުން ހިމެނެ އެވެ.

އަދި ދެ ފަރާތުގެ ހުނަރާއި ވަސީލަތްތައް ހިއްސާކުރުން ފަދަ ދާއިރާތަކުން ހަރަކާތްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެ އެވެ.

އިމާދުއްދީން ސްކޫލްގައި އޮތް ރަސްމިއްޔާތެއްގައި އެ އެމްއޯޔޫގައި ދިވެހި ރެޑް ކްރެސެންޓްގެ ފަރާތުން ސޮއިކުރީ ސެކްރެޓަރީ ޖެނެރަލީ ރަޝީދާ އަލީ އެވެ. އަދި އިމާދުއްދީން ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް އާސިފް ރަޝީދެވެ.