އިމާރަތެއްގެ މަތިން ވެއްޓި އެސްޓީއޯގެ އައިޓީ ސެކްޝަނުގެ އިސްވެރިޔާ މުސްތަފާ އަޒްމީ، އަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ރަޝާދު ވިދާޅުވީ އަޒްމީ އަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ. އަޒްމީގެ ހާލު ސީރިޔަސް ކަމަށްވެސް އަމްރުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަޒްމީ އަށް ހެޔޮ ދުއާކޮށްދިނުމަށް އަމްރު ވަނީ އެދިލައްވައިފައެވެ.

އަޒްމީ ވެއްޓުނީ ހަދަމުންދާ މިސްކިތެއްގެ މަތިންނެވެ. އޭނާގެ ބޮލަށް ސީރިޔަސް އަނިޔާތަކެއް ވެފައިވާކަމަށް ވެއެވެ. އަޒްމީ އަކީ އެސްޓީއޯގައި މަސައްކަތް ކުރައްވާތާ 25 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މުވައްޒަފެކެވެ.