21 Apr 2019, 17:52
ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަގުރަލާއި އޫރުމަސް ނައްތާލައިފިއެވެ.
ކަސްޓަމްސްގެ ބޮންޑެޑްވެއާ ހައުސްގެ ބެލުމުގެ ދަށުގައި ހުރި ބަނގުރަލާއި އޫރުމަސް ނައްތާލާފައިވަނީ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަޙައްދުގައި މިއަދު ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައެވެ.
ކަސްޓަމްސް އިން ނައްތާލި އޫރުމަހާއި ބަނގުރާ -- ފޮޓޯ: ކަސްޓަމްސް
މިއަދު ނައްތާލާފައިވަނީ 415.45 ކިލޯގެ އޫރުމަހާއި 36 ފުޅި ބަނގުރަލެވެ.
ކަސްޓަމްސް އިން ނައްތާލި އޫރުމަހާއި ބަނގުރާ -- ފޮޓޯ: ކަސްޓަމްސް
މިތަކެތި ނައްތާލާފައިވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 264 ވަނަ މާއްދާ އާއި 423 އަދި 424 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ކަސްޓަމްސްއިން ނައްތާލުމުގައި އަމަލުކުރާނެ އުސޫލުގެ ދަށުންނެވެ.