Last Updated: 7 year 7 month ago


މިއަދު އެންމެ ހެނދުނުގެ ވަގުތުގައި ލަންކާގެ ތިން ފައްޅިއަކަށާއި ތިން ހޮޓަލަކަށް އަމާޒުކޮށް ބޮންތަކެއް ވަނީ ގޮއްވާލާފައި. އެހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 215 އަށް ވުރެ މަތީގައި. ޒަހަމްވި މީހުން އުޅެނީ 450 އަށް ވުރެ މަތީގައި.
ބޮން ގޮއްވާލި ތަންތަނަކީ؛
- ކޮލަމްބޯ ސައިންޓް އެންތޮނީސް ފައްޅި
- ކިންގްސްބަރީ ހޮޓަލް
- ސަންގްރިއްލާ ހޮޓަލް
- ސިނަމަން ގްރޭންޑް ހޮޓަލް
- ނިގަމްބޯގެ ފަޅިއަކަށް
- ބަޓި ކޮލާގެ ފައްޅިއެއްގައި
ލަންކާގައި މިއަދު ހަވީރު 06:00 އިން މާދަމާ ހެނދުނު 06:00އަށް ކާފިއު އިއުލާންކޮށްފި
ޑެމަޓަގޮޑާގައި ވެސް އެއްޗެއް ގޮއްވާލައިފި. އެއީ މިއަދު ބޮން ގޮއްވާލި އަށް ވަނަ ސަރަހައްދު.
ދެހިވަލައިގައި ހިނގާދިޔަ ބޮމުގެ ހަމަލާއި ދެ މީހަކު ވަނީ މަރުވެފައި. މިއަދު ހެނދުނުން ފެށިގެން އެގައުމުގައި ހިނގަމުން މިދާ ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ، 187 އަކަށް އަރާފައި. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 450 އަށް އަރާފައި.
ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ދެހިވަލައިގައި ހުންނަ ޒޫ ކައިރީގައިވެސް ބޮމުގެ ހަމަލާއެއް ދީފި. ފުލުހުންގެ ސްޕޯކްސް ޕާސަން ރުވާން ގުނެސޭކަރަ ވިދާޅުވީ، ދެވެހިވަލަ ޒޫގެ ކުރިމަތީ ހުންނަ ހޮޓަލެއްގައި ވެސް ބޮމެއް ގޮއްވާފައިވާ ކަމަށް. މިއީ މިއަދު އެ ގަމުގައި ބޮން ގޮވި ހަތް ވަަނަ ސަރަހައްދު.https://twitter.com/AzzamAmeen/status/1119883350095880192
ރައީސް ސޯލިހު ހަމަލާތައް ކުށްވެރިކުރައްވައިފި
ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތައް ކުށްވެރި ކުރައްވާ ކަމަށާއި ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ފުރުސަތެއް ނޯންނާނެ ކަމަށް. އަދި ޓެރަރިޒަމްގެ އަމަލުތަކާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި ރާއްޖެ ދެމި އޮންނާނެ ކަމަށް ރައީސްގެ ޓްވީޓްގައި ވިދާޅުވި.
ބަންޑާރަނައިކަ އެެއާޕޯޓުން ފުރާ މީހުން 4 ގަޑިއިރު ކުރިން ދާން އެދެފި
ކޮލަމްބޯގެ މައި އެއާޕޯޓް ބަންޑާރަ ނައިކަ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ދާ ފަރާތްތަކުން ފްލައިޓް އޮންނަ ވަގުތަށް ވުރެ ހަތަރު ގަޑިއިރު ކުރިން ފުރަން ދިޔުމަށް އިލްތިމާސްކޮށްފި. އެގޮތަށް އިލްތިމާސްކުރީ ބޮމުގެ ހަމަލާތަކާ ގުޅިގެން އެއާޕޯޓް ސެކިއުރިޓީ ވަރުގަދަކޮށްފައި ވާތީ.
މަރުވި މީހުންގެ އަދަދު 101 އަށް
ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 101 އަށް އަރާފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ބުނެފި. އަދި ޒަހަމްވި މީހުންގެ އަދަދު، 450 އަށް އަރާފައިވާ ކަމަށް ވެސް ނޫސްތަކުން ބުނި.
ލަންކާގައި ދިން ބޮމުގެ ހަމަލާގައި 40 އަށް ވުރެ ގިނަ މަރު
ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 40 އަށް އަރައިފިއެވެ.






